ޚަބަރު

ކޮވިޑް-19: ފަތުރުވެރިންތަކެއް ފައްސިވެ، ފުޅަދޫ މޮނިޓަރިންއަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގިނަ ގެސްޓު ހައުސްތަކެއް އޮޕަރޭޓު ކުރަމުން އަންނަ، ބ. ފުޅަދޫއިން ފުރި ދެ ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

މި ދެ ފަތުރުވެރިން ފައްސިވި ކަން އެނގިފައިވަނީ، އެރަށުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެމީހުން އެ ރަށުން ފުރިއިގެން ދިޔަ ފަހުން ކަމަށް ވުމާއެކު، ރަށުގައި ބަލި ފެތުރިފައި އޮވެދާނެ ކަމަށް ލަފާ ކުރެވޭތީ އެރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ފުޅަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައެވެ.

އެޗްޕީއޭއިން ވަނީ ރަށުގައި މިވަގުތު ތިބި މީހުން އެ އޭޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާ ކުރާ ކަމަށެވެ. ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެދި އަދި އެ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި އެންގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!