ދުނިޔެ

ކަންފަތުން ކޮވިޑް ފެނުން: އަޑު ނުއިވުން ވެސް އަލާމާތަކަށް ވެދާނެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހަކީ ހަށިގަނޑުގެ ވަރަށް އެތެރެއަށް އަސަރުކުރާ ބައްޔެއްކަން ސައިންސްވެރިން ވަނީ މީގެކުރިން ވެސް ހާމަ ކޮށްފައެވެ. އެގޮތުން ނޭފަތާއި ކަރާއި ފުއްޕާމެއަށް ވެސް އަސަރު ކުރާނެ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.

Ads by WAMCO

ނަމަވެސް ދާދި ފަހުން ކޮވިޑް-19 އަށް ފައްސިވެ މަރުވި ދެމީހެއްގެ ކަންފަތަށް މިބަލީގެ އަސަރު ކޮށްފައިވާކަން މިވަނީ ހާމަވެފައެވެ.

އިނގިރޭސިވިލާތުގެ ރިސާޗަރުންތަކެއް ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ އަސަރު ކޮށްފައިވާވަރު ބެލުމަށް މިބަލީގައި މަރުވި ތިން މީހެއްގެ ތަހުލީލުތަކެއް ވަނީ ހަދާފައެވެ.

އެގޮތުން އޭގެތެރެއިން ދެމީހެއްގެ ކަންފަތަށް މިބަލީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

ޖޯންސް ހޮޕްކިންސް ސްކޫލް އޮފް މެޑިސިން ގެ ޓީމަކުން ކުރި ދިރާސާއެއްގައި ވިދާޅުވެފައިވަނީ މަރުވި ދެމީހުންގެ ކަންފަތަށް ވަރަށް ބޮޑަށް ކޮވިޑްގެ އަސަރު ކޮށްފައިވާކަން ހާމަވާ ކަމަށާއި އެހެންކަމުން، ކަންފަތަށް އަޑު ނުއިވުމަކީ ވެސް މިބަލީގެ އަލާމާތަކަށް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

މަސްދަރު: ޑެއިލީ މެއިލް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!