ކޮވިޑް-19: މާލޭގެ ކާފިއު އުވާލައިފި

ރޭގަނޑު 23:00 އިން ފެށިގެން ފަތިހު 04:30 އަށް މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު، އުވާލައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭގައި ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި މިހާރުން ފެށިގެން، ވަކިގޮތެއް އަންގަން ދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.
ހަލުވި ކަމާއެކު ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ދޭން ނިންމާފައިވާ ލުއިތަކަށް ބަލާއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، އެޗްޕީއޭ އިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވައިލުމާއި، ދުވުމަށް ޚާއްޞަ ކޮށް ފައިވާ ޓްރެކްތައް ހުޅުވައިލުން ވެސް ހިމެނެއެވެ.
މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުޅުވައިލުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލްތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ވެސް ހުޅުވައިލުން ހިމެނެއެވެ.
އެޗްޕީއޭއިން ލުއިދިން ކަންކަން:
- ސިނަމާތަކާއި ތިއޭޓަރުތައް ހުޅުވައިލުން.
- ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވައިލުން.
- ދުވާ ޓްރެކްތައް ހުޅުވައިލުން.
- ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވައިލުން.
- ޖިމްތަކާއި ކަސްރަތު ކުލާސްތައް ހުޅުވައިލުން.
- ޑޭކެއާގެ ހިދުމަތް ހުޅުވައިލުން.
- ޕްރީ ސްކޫލުތަކާއި ނާސަރީ ކުލާސްތައް ހުޅުވައިލުން.
- މާލޭ ސަރަހައްދުގައި އޮތް ކާފިއު އުވައިލުން.
ނަމަވެސް، އެޗްޕީއޭ އިން ކުރިން ވެސް އަޅާފައިވާ މުހިންމު ބައެއް ފިޔަވަޅުތައް އަދިވެސް ވަނީ އެގޮތުގައި ދަމަހައްޓައިފައެވެ.
ބަޖިޔަލެއްް ދެންް އަނެއްކާަ ކޮލެޖައް