ޚަބަރު

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3 ލައްކައަށްވުރެ މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖެއަށް މިއަހަރު 3 ލައްކައަ ށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފިއެވެ.

Ads by STELCO

ޓުއަރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ޖުމްލަކޮށް ރާއްޖެއަށް ދުވާލަކު 3324 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ.އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. ދެވަނަޔަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ.

އިންޑިއާ އާއި ރަޝިޔާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ވަމުން އަންނައިރު ސަރުކާރުން އަންނަނީ މި ދެ ގައުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 382،762 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު އޭޕްރިލްގެ ނިޔަލަށް ރާއްޖެއަށް 302،491 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. އެހެން ކަމުން 2020 ވަނަ އަހަރާ ބަލާއިރު މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 21 އިންސައްތަ މަދެވެ.

ކޮވިޑް-19ގެ ހާލަތާއެކު ފަތުރުވެރިން ރާއްޖެ ގެނައުން ހުއްޓާލުމަށް ފަހު މިހާރު އަނެއްކާ ވެސް 682 ތަނަކުން ވަނީ އަލުން ހިދުމަތް ދޭން ފަށާފައެވެ. އޭގެ ތެރޭގައި 149 ރިސޯޓަކާއި، 385 ގެސްޓުހައުސްއެއްގެ އިތުރުން 137 ސަފާރީއަކާއި 11 ހޮޓަލެއް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!