Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާގެ އިތުރު އެހީގެ ޕެކޭޖެއް ރާއްޖެއަށް!

އިންޑިއާގެ އިތުރު އެހީގެ ޕެކޭޖެއް ރާއްޖެއަށް!

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެ މާލީ އެހީގެ އާ ޕެކޭޖެއް ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

މިކަން އިއުލާނުކުރީ ރާއްޖޭގެ މިނިވަން ދުވަހުގެ މުސާނަބަތުގައި އިންޑިއާގެ ހައިކޮމިޝަނުން ފޮނުވި މެސެޖުގަ އެވެ.

އެ މެސެޖުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ ކޮވިޑްގެ މި ދަތި ދުވަސްވަރުގައި އިންޑިއާއިން މެޑިކަލް ޓީމުތަކާއި، ބޭހާއި ކާބޯތަކެތީގެ އިތުރުން މާލީ އެހީގެ ސިފައިގައި އެތައް ގޮތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އަދި ލިކުއިޑިޓީގެ ދަތިކަން ހައްލުކޮށްދޭން ރާއްޖެއާއި އިންޑިއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ދިނުމަށް ނިންމާފައިވާ މާލީ އެހީގެ އާ ޕެކޭޖުގެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެއިތުރުން މި އަހަރަކީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކޮށް މި މުނާސަބާ ފާހަގަ ކުރުމަށްޓަކައި މިއަދު ފޮޓޯ އެގްޒެބިޝަނެއް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

މި މެސެޖްގައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް