Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފޯކުގެ އަގު އަތްނުފޯރާ ފަށަށް ގޮސްދާނެ ކަމުގެ އިންޒާރެއް!

ފޯކުގެ އަގު އަތްނުފޯރާ ފަށަށް ގޮސްދާނެ ކަމުގެ އިންޒާރެއް!

ކޮވިޑް-19ގެ ސަބަބުން ތަކެތީގެ އަގު މިވަނީ ވަރަށް ބޮޑުތަން އަގުބޮޑުވެފައެވެ. އަދި ހާއްސަކޮށް ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާ ވާ ގައުމަކަަށް ވާތީދިވެހިރާއްޖެއަށް އިމްޕޯޓް ކުރާ ގައުމުތަކުގެ އަގުތަކަށް އަންނަ ބަދަލު ތަކުން ވެސް ރާއްޖޭގެ އަގުތަކަށް ބޮޑު ބަދަލެއް އާދެއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކަމަށް ވާ ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އިންޑިއާގައި ފޯކުގެ އަގު 20% މައްޗަށްގޮސްފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ ދުނިޔޭގެ ބާޒާރުގައި ވެސް ފޯކުގެ އަގު ވަނީ މިދިޔަ ހަފްތާގައި މައްޗަށް ގޮސްފައި ކަމަށް އޭނާ ބުނެފައި ވެއެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ފޯކުގެ އަގު އަތްނުފޯރާ ވަރަށް މައްޗަށް ދާނެ ކަމަށާއި އަދި ފޯކުގެ އަގާއި އެކު ޑޮލަރުގެ އަގު ވެސް ވަނީ މައްޗައް ގޮސްފައިކަމަށް އޭނާ ބުނެފައި ވެއެވެ. އަދި މިކަމަކީ ނުހަނު ހިތާމަ ހުރި ކަމެއް ކަމުގައި ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

Advertisement
Allied Insurance — Square (box)

ދިވެހިންނަކީ ޒަމާނުއްސުރެވެސް ދުފާ އުޅޭ ގައުމަކަށް ވާ ހިނދު ފޯކުގެ އަގު މައްޗަށް ދިއުމަކީ ގިނަ ބަޔަކު ކަންބޮޑު ވާނެކަމެކެވެ. މިހާރު ޑޮލަރުގެ އަގު ކަޅުބާޒާރުގައި 18.90 ރުފިޔާއަށް ހުރި އިރު މިކަމާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް