Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ އަދަދު އިންތިހާއަށް އިތުރުވެ، ކްލަސްޓާތައް ބޮޑުވަނީ!

ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުންގެ އަދަދު އިންތިހާއަށް އިތުރުވެ، ކްލަސްޓާތައް ބޮޑުވަނީ!

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ކޮންޓެކްޓުން އިންތިހާއަށް ގިނަވެ، ކްލަސްޓާތައް ބޮޑުވަނީ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. އަފްޒަލް ވިދާޅުވީ، ފުރަބަންދަށް ލުއި ދިނުމަށްފަހު ބަލީގެ އަލާމާތްތައް ފެންނަ މީހުން ގިނަ ވަމުން އަންނަކަމަށެވެ. އަދި ބަލިޖެހޭ ދިވެހިންގެ ނިސްބަތް ރިކޯޑް މިންވަރަކަށް އިތުރުވެ މިހާރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަކަން ޑރ. އަފްޒަލް ވަނީ ފާހަގަަކުރައްވާފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޭސްތައް އިތުރުވަމުންދާތަން ފެންނަތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ.

Advertisement
Ooredoo — Square (box)

"މިހާރު ދުވަސްތަކެއް ވެއްޖެ އަޅުގަނޑުމެންނަށް މި ގޮތަށް ކޭސްތައް ތަންކޮޅެއް މަތީލެވެލްއެއްގައި ފެންނަތާ. މިއީ އަޅުގަނޑުމެން މިކަމާމެދު ހާސްވާންޖެހި، މިކަމާމެދު ފިކުރުބޮޑުވެ، އެކަމާމެދު ވިސްނަންޖެހޭފަދަ ކަންކަން،" ޑރ. ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ މިހާރު ފެންނަ ކޭސްތަކުގެ ތެރޭގައި ނިސްބަތުން ގިނައީ ދިވެހިން ކަމަށެވެ. ރާއްޖެއިން 3،302 މީހުން ކޮވިޑް19 އަށް ފައްސި ވެފައިވާއިރު މީގެ ތެރޭގައި 1،488 ދިވެހިން ހިމެނެއެވެ.

ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ބަލިޖެހޭ ދިވެހިންގެ އަދަދު އިތުރުވަމުންދާއިރު، ބަލިޖެހޭ ބިދޭސީންގެ އަދަދު މަދުވަމުންދާކަމަށެވެ. ރާއްޖޭގައި ދިވެހިނެކޭ އެއްވަރަށް ބިދޭސީންގެ ޙާލަތުވެސް ބަލަމުންދާކަން ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މީގެ ކުރިން އެންމެ ގިނައިން މި ބަލި ޖެހެމުން އައީ ބަންގްލަދޭޝް މީހުންނަށެވެ. އެހެންނަމަވެސް މި ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު މިވަނީ ދިވެހިންގެ އަދަދު ބަންގްލަދޭޝް މީހުންނާ އަޅާބަލާއިރު 30 މީހުން އިތުރުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް