ޚަބަރު

ރޯދަމަހަށް ހަނދު ބެލުން އާދީއްތަ ދުވަހު

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން އަންނަ އާދީއްތަ ދުވަހު ކުރިއަށް ގެންދަން ހަމަޖައްސައިފިއެވެ.

Ads by MWSC

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ 1442 ވަނަ އަހަރުގެ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޝައުބާން 29 (11 އޭޕްރިލް) ވާ އާދީއްތަ ދުވހަުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓު ކޯޓުތަކާއި ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތުކުރުމަށް ޓަކައި، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށެވެ. އަދި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. މެޖިސްޓްރޭޓެއް ނެތްނަމަ އެރަށެއްގެ ރަށު ކައުންސިލުގެ އިދާރާ ހިންގުމާ ހަވާލުވެ ހުރި އިސްވެރިއެއްގެ ކުރިމަތީގައެވެ.

އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިއްޖެނަމަ މާލޭގައި ނަމަ ޑީޖޭއޭއަށް، ނުވަތަ ރަށެއްގައި ނަމަ މެޖިސްޓްރޭޓު ކޯޓަށް ނުވަތަ ކައުންސިލަށް ހާޒިރުވެ އެކަމުގެ މައުލޫމާތު ދިނުމަށް ޑީޖޭއޭއިން އެދެއެވެ. އަދި ހެކިބަސް ދިނުމަށްޓަކައި އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!