ޝިފާގެ ފާޑުކިޔުން ޝިޔާމަށް: ދުވަހަކުވެސް ފޮތެއް ވިދާޅުވިންތޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ދުވަހަކު ވެސް ފޮތެއް ވިދާޅުވިތޯ ސުވާލު ކުރައްވައި، މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ފާޑު ވިދާޅުވެއްޖެއެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވަވާފައިވާ ޝިފާ މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރު އަހުމަދު ޝިޔާމް ދެއްކި ވާހަކަފުޅަކާ ގުޅިގެންނެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަވާ ޝިޔާމް މިއަދު މަޖިލީހުގައި ވިދާޅުވީ ބައެއް ސަރުކާރުތަކުން އެ ސަރުކާރު ނާގާބިލު ކަމުން ވެސް ލާމަރުކަޒު ކުރާކަމަށެވެ.
އެމްޕީ ޝިޔާމްގެ އެ ވާހަަކަތަކާ ގުޅިގެން މޭޔަރު ޝިފާގެ އިތުރުން ވަރަށް ގިނަ ބަޔަކު ވަނީ އެމްޕީ ޝިޔާމަށް ފާޑު ކިޔައިފައެވެ.
"އަޅުގަނޑު ކުރިން ވެސް ދަންނަވައިފިން ބައެއް ސަރުކާރުތަކުން ކަންތައްތައް އެބަކުރޭ ސަރުކާރުތައް ނާގާބިލު ވީމަ، އަޅުގަނޑު މެންނަން މި ފެންނަނީ މި މަންޒަރު" މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ އެ ވާހަކަފުޅުގެ ކުރު ވީޑިއޯއެއް ހިއްސާ ކުރައްވަމުން ޝިފާ ސުވާލު ކުރެއްވީ މެމްބަރު ޝިޔާމް އެއްވެސް ފޮތެއް ވިދާޅުވިތޯ އާއި އެމަނިކުފާނު ތާއީދު ކުރައްވާ ސިޔާސީ ޕާޓީ ކުރިއަށް އޮތް އިންތިޚާބުގައި ވާދަ ކުރައްވަނީ ކީއްވެތޯއެވެ.







ކޮމެންޓް