ދީން

"މިއަދަކީ ވަރަށް ރީތި ދުވަހެކެވެ. އެކަމަކު އެރީތިކަމެއް އަހަންނަކަށް ނުފެނެއެވެ."

ދެން އެމްވީ ، ދެން އޮންލައިން

މިއީ ލޯފަން ކުއްޖަކަށް ދިމާވި ޙާދިޘާއެކެވެ. މި ޙާދިޘާއިން ލިބޭ އެއް ފިލާވަޅަކީ އަހަރެމެންނަށް ދެއްވާފައިވާ ނިޢުމަތްތަކާއިމެދު އަހަރެމެން ވިސްނާ މިންވަރު ކުޑަކަމެވެ. ނުވަތަ ވިސްނާ ނަޒަރިއްޔާ ތަފާތުކަމެވެ. މި ޙާދިޘާއިން ލިބޭ އަނެއް ފިލާވަޅަކީ އެއް ކަމެއް ނުވަތަ އެއް ވާހަކައެއް ، ބުނާ އެކި ގޮތް ގޮތުން މީހުންގެ ސިކުނޑިއަށް ނަގައިގަތުމުގައި ތަފާތު ވާކަމެވެ.

Ads by Hajj Corporation

ސަލާންޖަހާ ލޯފަން ކުއްޖަކު އިމާރާތެއްގެ ކައިރީގައި ބޯޑެއް ހިފަހައްޓައިގެން ހުއްޓެވެ. އެ ބޯޑުގައި ލިޔެފައިވަނީ ''އަހަންނަކީ ލޮލަށް ނުފެންނަ މީހަކީމެވެ. އެހީއެއް ވެ ދެއްވާށެވެ.''

އެ ކުއްޖާގެ ކައިރިން ހިނގާފައި ދިޔަ މީހަކު ޖީބުން ފައިސާ ނެގުމަށްފަހު ، ފައިސާ ލާން ބަހައްޓާފައިހުރި ދަޅުގެ ތެރެއަށް ފައިސާ ވައްޓާލިއެވެ. އަދި އެ ކުއްޖާ ހިފައިގެން ހުރި ބޯޑުގައި ކޮންމެވެސް އެއްޗެއް ލިޔުމަށްފަހު އެތަނުން ގޮސްފިއެވެ. އިރުކޮޅަކުން އެކުއްޖާ ގާތަށް ދާ މީހުން ގިނަވެ ، ގިނަ މީހުން ފައިސާ ދޭން ފަށައިފިއެވެ. ދުވަހަކު ވެސް އެކުއްޖާއަށް ނުލިބޭ ވަރަށް ފައިސާ ލިބެން ފަށައިފިއެވެ.

ބޯޑުގައި ލިޔުނު ލިޔުމާއި ގުޅިގެން އެއްވެސް ތަފާތެއް އައިތޯ ބަލާލުމުގެ މަގުސަދުގައި ، ލިޔުނު މީހާ ކުއްޖާގެ ގާތަށް ދިޔައެވެ. އަދި އޭނާގެ ފިޔަވަޅުގެ އަޑަށް ކުއްޖާއަށް އޭނާ އެނގި ޔަގީން ކުރުމުގެ ގޮތުން އަހާލިއެވެ. ''ތިއީ އަހަރެންގެ ބޯޑުގައި ލިޔުނު މީހާ ހެއްޔެވެ؟ އޭގައި ލިޔުނީ ކޯއްޗެއް ހެއްޔެވެ؟" އެހިނދު އޭނާ ޖަވާބު ދިނެވެ. '' ކުރިންވެސް ލިޔެފައި އޮތް ވާހަކަ ، ނަމަވެސް ތަފާތު ގޮތަކަށް" އެހެން ބުނެ އޭނާ ލިޔުނު ލިޔުން ބުނެދިނެވެ. އެއީ ''މިއަދަކީ ވަރަށް ރީތި ދުވަހެކެވެ. ނަމަވެސް އެ ރީތިކަމެއް އަހަންނަކަށް ނުފެނެއެވެ."

ހަމަގައިމުވެސް މި ދެ ލިޔުމުން ވެސް އެހެން މީހުންނަށް ބުނެދިނީ އެ ކުއްޖާއަކީ ލޯ އަނދިރި ކުއްޖެއް ކަމެވެ. ފުރަތަމަ ލިޔުމުން ވަރަށް އާދައިގެ ގޮތަކައް ބުނެދެނީ އެކުއްޖާ ލޯ އަނދިރިކަމެވެ. އެހެންނަމަވެސް ދެވަނަ ލިޔުމުން ބުނެދެނީ ލޮލުގެ ފެނުމުން މަޙުރޫމްނުވެ ތިބި މީހުންގެ ނަސީބު ރަނގަޅުކަމެވެ. އަދި ހަނދާން ކޮށްދެނީ އެއީ ވަރަށް ބޮޑު ނިޢުމަތެއް ކަމަށާއި އެ ނިޢުމަތް ދެއްވި ފަރާތަށް ޝުކުރު ކުރަން ޖެހޭކަމެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَهُوَالَّذِي أَنشَأَلَكُمُ السَّمْعَ وَالْأَبْصَارَ ‌وَالْأَفْئِدَةَ قَلِيلًا مَّا تَشْكُرُ‌ونَ) މާނައީ : “އެކަލާނގެއީ،ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكرކުރަނީ، ވަރަށްވެސް މަދުންނެވެ. “

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!