އެމްއެންޔޫއެސްޔޫ ސިއާ މަދަހަ މުބާރާތް ފަށައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް (ސިއާ)އާ ގުޅިގެން ބާއްވާ މަދަހަ މުބާރާތް މިއަދު ފަށައިފިއެވެ.
ޖުމުލަ 50 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށްދާ މި މުބާރާތް ކުރިއަށް ދަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ. މި މުބާރާތުގައި މިހާތަނަށް ޖުމުލަ 11 ދަރިވަރުން ވަނީ މަދަޙަ ހުށަހަޅައިފައެވެ.
މި މުބާރާތުގައި ހުށަހަޅާ މަދަހަތައް ރަަމަޟާން މަހު ދިވެހި ޗެނަލްއިން ބްރޯޑްކާސްޓް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަދަހަ މުބާރާތުގެ މުޅި މުބާރާތުން އެއްވަނައަށް ހޮވޭ ދަރިވަރަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ފަރާތުން ވަރަށް ޚާއްސަ އިނާމެއް ހުށަހަޅައިފައި ވެއެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ، އައިޝަތު ހުސައިން މަނިކާއި، ސައިނާގެ އިތުރުން ޝަލަބީއެވެ.
[caption id="attachment_75442" align="alignnone" width="436"]<img class="wp-image-75442 " src="https://cdn.dhen.mv/wp-content/uploads/2021/04/photo6300627099957963698-300x225.jpg" alt="" width="436" height="327" /> މުބާރާތުގެ ތިން ފަނޑިޔާރުން[/caption]
މިއީ ސިއާއިން ބާއްވާ ފުރަތަމަ މަދަހަ މުބާރާތަށްވާއިރު މި މުބާރާތަކީ މިއަހަރު ސިއާއިން ބާއްވާ ފުރަތަމަ ހަރަކާތެވެ. މި މުބާރާތް ހުޅުވާލައިފައި ވަނީ އެމްއެންޔޫގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ހުޅުވައިލައިގެންނެވެ.







ކޮމެންޓް