Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސްޓްޑެންޓް ޔޫނިއަންއާއި ޝަރީޢާ ސޮސައިޓީން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް 1442 ފަށައިފި

ސްޓްޑެންޓް ޔޫނިއަންއާއި ޝަރީޢާ ސޮސައިޓީން ބާއްވާ ޤުރުއާން ކިޔެވުމުގެ މުބާރާތް 1442 ފަށައިފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން 1442ވަނަ އަހަރުގެ ރަމަޟާން މަހަށް ހާއްސަ ކޮށްގެން ބާއްވާ ޤުރުއާން މުބާރާތް ފަށައިފިއެވެ. ޖުމުލަ 69 ދަރިވަރުންނާއެކު ކުރިއަށްދާ މި މުބާރާތް ކުރިއަށް ދަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައެވެ. މި މުބާރާތުގައި މިހާތަނަށް ޖުމުލަ 12 ދަރިވަރުން ވަނީ ޤުރުއާން ކިޔަވައިފައެވެ.
އަޅުގަނޑުމެން މި މުބާރާތަށް ރަޖިސްޓްރޭޝަން ހުޅުވާލި އިރު، މިހާ ގިނަ ކުދިންގެ ތަރުހީބެއް ލިބޭނެ ކަމަކަށް އުއްމީދެއް ނުކުރަން. ނަމަވެސް މި މުބާރާތުގައި ގާތްގަނޑަކަށް 70 އެއްހާ ދަރިވަރުން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އުއްމީދު ކުރަނީ އެސްްއެސްއެލްއިން ބާއްވާ މުބާރާތްތަކަށް ކުދިންގެ ތަރުހީބު މިފަދައިން އަދިވެސް ލިބޭނެ ކަމަށް. އެސްއެސްއެލްގެ ނައިބުރައީސް ސަދޫފް މޫސާ
މި މުބާރާތުގެ އެއްވަނައަށް ހޮވޭ ދަރިވަރަކަށް ތައްޓާއި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ޔުނިވާސިޓީގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ވެސް ވަނީ ހުޅުވައިލައިފައެވެ. އަދި ދަރިވަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެސްއެސްއެލްއިން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.  

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް