Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިނގުރައިދޫ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ

އިނގުރައިދޫ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެ

ރ. އިނގުރައިދޫގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެެންޑީއެފުން ބުނީ، އިނގުރައިދޫ ގުލްހަޒާރުގޭގައި ގޭސް އެކްސްޕްލޯޝަނެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ޅ. ނައިފަރު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި މި ހާދިސާގައި 2 މީހަކަށް ވަނީ އަނިޔާވެފައެވެ.

Advertisement
Ooredoo — Truecaller (box)

އެމްއެންޑީއެފުން ބުނީ، އަނިޔާވި އެކަކަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އަނެއް މީހާއަށް ފަރުވާދެމުން އަންނަނީ އިނގުރައިދޫ ހެލްތު ސެންޓަރުގައި ކަމަށެވެ. މި ހާދިސާގައި އެ މީހުންނަށް ލިބުނީ ކޮން ކަހަލަ އަނިޔާތަކެއް ކަން އަދި ސާފެއް ނުވެއެވެ.

މި ހާދިސާ ހިނގި ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެ ގޮތުން އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު ގޭގެ ބަދިގޭގެ ފާރު ވަނީ އެއްކޮށް ވެއްޓިފައެވެ. އަދި ބަދިގޭގައި ހިފައި ގެންގުޅޭ ގިނަ ސާމާނުތަކެއް ވެސް ވަނީ ހަލާކުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް