ޚަބަރު

މި މަހު 11ގައި ފައިޒާ ވެކްސިން ދޭން ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ފައިޒާ ވެކްސިން ދިނުން މި ހިނގާ އޭޕްރިލް މަހުގެ 11ވަނަ ދުވަހު ފަށާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން އިއުލާނު ކޮށްފިއެވެ.

Ads by MWSC

އެ ސެންޓަރުން މިއަދު ބުނީ ފައިޒާ ވެކްސިން ދެވޭނީ، އެ ވެކްސިނަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ.

ފައިޒާ ވެކްސިން ޖެހެނީ އާ ކެޓެގަރީ ކަމަށްވާ އުމުރުން 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށެވެ.

މި ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް އެޗް.ޕީ.އޭ ގެ ވައިބަރ/ޓްވިޓަރ އެކައުންޓްގައިވާ ގޫގަލް ލިންކް މެދުވެރިކޮށް ރެޖިސްޓްރީވެވޭނެ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތު ދެއްވާފައިވެއެވެ.

ކޮވިޑް-19އިން ދިފާޢުވުމަށް މިހާރު ރާއްޖޭގައި ދެމުން ދަނީ އިންޑިއާގެ ސީރަމް ކުންފުނިން ހަދިޔާ ކޮށްފައިވާ އެސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކޮށްފައިވާ ސިނޮފާމް ވެކްސިނެވެ. އެގޮތުން ކޮވިޝީލްޑް ވެކްސިންގެ މިވަގުތު ދެމުން ގެންދަނީ ދެވަނަ ޑޯޒްއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން  އެންމެ ފަހުން އިއުލާނު ކޮށްފައިވާ ސާވެލަންސް ޑޭޓާއަށް ބަލާއިރު ރާއްޖެއިން މިހާތަނަށް 260،285 މީހުން ވެކްސިން ޖަހައިފައި ވެއެވެ. އޭގެތެރެއިން 10،569 މީހުން މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!