ޚަބަރު

ޑރ.މުއިއްޒު އާއި އަނަސް ވޯޓު ލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވޯޓު ލައްވައިފިއެވެ.

Ads by STELCO

ޑރ.މުއިއްޒު ވޯޓުލެއްވީ ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސްގައި ހުރި ވޯޓު ފޮށްޓަކަށް ހެނދުނު 08:07 ހާއިރުއެވެ.

މި އިންތިހާބުގައި އެމްޑީޕީން، 826 ކެނޑިޑޭޓުން ޕީޕީއެމްއިން 647 ކެނޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެނޑިޑޭޓުން، އަދާލަތު ޕާޓީން 28 ކެނޑިޑޭޓުން، އެމްޑީއޭއިން 20 ކެނޑިޑޭޓުން، އެމްއާރްއެމް - 15 ކެނޑިޑޭޓުން، އެމްއެލްއެސްޑީޕީ 4 ކެނޑިޑޭޓުން އަދި ޑީއާރުޕީ 1 ކެނޑިޑޭޓް ވާދަ ކުރާނެއެވެ. އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓަކު ބައިވެރިވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެމްޑީޕީން 650 ކެނޑިޑޭޓުން ޕީޕީއެމުން 499 ކެނޑިޑޭޓުން، ޖުމްހޫރީ ޕާޓީން 46 ކެނޑިޑޭޓުން، އަދާލަތު ޕާޓީން 25 ކެނޑިޑޭޓުން އެމްޑީއޭން 19 ކެނޑިޑޭޓުން އެމްއާރްއެމުން 4 ކެނޑިޑޭޓުން އަދި އަމިއްލަ ގޮތުން 427 ކެނޑިޑޭޓުން ވާދަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!