ޓީވީ ޕްރެސެންޓަރ ސޯދިގު މަޑުއްވަރީ ރައީސްކަމަށް

ކުރީގެ ޓީވީ ޕްރެސެންޓަރ ، މުޙައްމަދު ޞާދިގު (ޗޯޓް) އޭނާގެ އުފަށް ރަށް ރ.މަޑުއްވަރީގެ ކައުންސިލްގެ ރައީސް ކަމަށް ހޮވިއްޖެއެވެ.
އޭނާ މި އިންތިޚާބުގައި ވާދަ ކުރީ ޕީޕީއެމްގެ ޓިކެޓްގައެވެ.
މިހާތަނަށް ސާފުވެފައިވާ ނަތީޖާތަކަށް ބަލާއިރު ޞާދިޤު ވަނީ މަޑުއްވަރީގެ ދެ ފޮށިން ވެސް ކުރި ހޯދައިފައެވެ. މި ނަތީޖާއާއެކު އޭނާއަށް ވަނީ ރައީސްކަމުގެ މަގާމު ކަށަވަރު ވެފައެވެ.
ޚަބަރުތަކާއި ޕްރޮގްރާމްތައް ހުށަހެޅުމުގައި ކުޅަދާނަ ޞާދިޤު ޓީވީއާ ދުރަށް ދިޔައީ ގައުމީ ޓީވީ ، ޓެލެވިޒަން މޯލްޑިވްސްގެ ވަޒީފާއިން ވަކި ކުރުމުން މިދިޔަ އަހަރުގެ މާޗް މަހުގައެވެ. އޭގެ ފަހުން އާމްދަނީ ހޯދުމަށް އޭނަ ކުރި މަސައްކަތަކީ މަސްވެރިކަމެވެ.