Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެއަތޮޅުގެ ރައީސް ކަމަށް ނިމާލް

މާލެއަތޮޅުގެ ރައީސް ކަމަށް ނިމާލް

މާލެއަތޮޅުގެ ރައީސް ކަމަށް މުޙައްމަދު ނިމާލް ހޮވިވަޑައިގެންފިއެވެ.

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ނިމާލް ވާދަ ކުރައްވައިފައި ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް އަލީ ޝާހީން ހުސައިންއާއެވެ.

މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ނިމާލް ވަނީ މާލެއަތޮޅުގެ 9 ރަށުގެ ތެރެއިން 8 ރަށުގެ މެޖޯރިޓީ ހޯދައިފައެވެ. ނިމާލަށް ގެއްލިފައި ވަނީ އަމިއްލަ ކެނޑިޑޭޓުން މެޖޯރިޓީ ހޯދި ހިންމަފުއްޓެވެ. މި ނަތީޖާތަކަށް ބަލާއިރު ނިމާލް ވަނީ އަތޮޅު ރައީސްކަމުގެ ގޮނޑި ކަށަވަރު ކުރައްވާފައެވެ.

Advertisement
Allied — Dhen Online (box)

މިއަދުގެ އިންތިޚާބުގައި ޕީޕީއެމްގެ ލީޑަރޝިޕުގައި ހިމެނޭ ތިން ބޭފުޅަކު ވެސް ވަނީ ވާދަ ކުރައްވާފައެވެ. ނިމާލްގެ އިތުރުން މުޙައްމަދު މުޢިއްޒާއި އިބްރާހީމް ޝުޖާއު ވެސް ވަނީ އެ ބޭފުޅުން ވާދަ ކުރެއްވި ގޮނޑިތައް ކާމިޔާބު ކުރައްވާފައެވެ. މީގެ އިތުރުން އަތޮޅުތަކުންނާއި މާލެއިން ޕީޕީއެމުން ދަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް