އެމްޑީޕީއަށް އަޣްލަބިއްޔަތު އޮތް މާކުރަތު ކައުންސިލްގެ މެޖޯރިޓީ ވެސް ޕީޕީއެމަށް!

ފުރިހަމަ އަޣްލަބިއްޔަތު އެމްޑީޕީއަށް އޮތް ރ.މާކުރަތު ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމުން ކާމިޔާބު ކޮށްފިއެވެ.
މިހާތަނަށް ސާފުވި ނަތީޖާއަށް ބަލާއިރު ރަށު ރައީސްކަމަށް ޕީޕީއެމުން ތާއީދު ކުރެއްވި މުޙައްމަދު ރަމީޒުގެ އިތުރުން އަންހެނުންގެ ޚާއްޞަ ގޮނޑިއަކާއި ފިރިހެނުންގެ ޚާއްޞަ ގޮނޑިއެއް ޕީޕީއެމަށް ވަނީ ޔަގީން ކުރެވިފައެވެ.
މިހައިތަނަށް ސާފުވެފައިވާ ނަތީޖާތަކަށް ބަލާއިރު ބަލާއިރު ޕީޕީއެމުން ދަނީ އަތޮޅުތަކުން ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މީގެ އިތުރުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ކާމިޔާބުކޮށް ޕީޕީއެމުން ދަނީ ތަފާތު ދައްކަމުންނެވެ.