ދުނިޔެ

ޙައްޖު ހުއްދަ ނެތި ޙަރަމްފުޅު އެތެރެއަށް ވަންނަން އުޅުނު 244 މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޙައްޖުވުމުގެ ހުއްދަ ނެތި ޚަރަމްފުޅަށް އެތެރެވާން މަސައްކަތް ކުރި 244 މީހުން ސައުދީ ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by WAMCO

ސައުދީ ސަރުކާރުން ބުނީ ޙައްޖުވުމުގެ ހުއްދަނެތި ޙަރަމްފުޅު ތެރެއަށް ވަންނަން އުޅުނު 244 މީހަކު ހައްޔަރު ކޮށްފައިވާއިރު އެމީހުން ވަނީ، ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ވެސް ޙިލާފުވެފައި ކަމަށެވެ.

ޙައްޖުގެ ކަންތައްތަކާއި ގުޅިގެން ނިންމަވާފައިވާ ގޮތްތަކަށް ސައުދީ އަރަބިއާގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުން ވެސް ޢަމަލު ކުރުމަށް ސައުދީ ސަރުކާރުން ވަނީ އަންގަވާފައެވެ.

ސަޢުދީ އަރަބިއާގެ ސަލާމަތީ ބާރުތަކުން އަންނަނީ ޙައްޖުގެ އަޅުކަމުގެ ކަންކަން މިއަދު ފެށުމާއި އެކު ޙަރަމްފުޅާއި ޙައްޖާ ގުޅިފައިވާ އެހެން ސަރަހައްދުތަކުގައި ސަލާމަތީކަންކަން ވަރުގަދަކޮށް ބަލަހައްޓަމުންނެވެ.

ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ޙައްޖަށް ގޮސްފައިވަނީ ހަމައެކަނި ސައުދީގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތުގެ ރައްޔިތުންނެވެ.

ްެއެމީހުން ވެސް ވަނީ ކޮވިޑަށް ޓެސްޓުކޮށް ކަރަންޓީ ވެސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!