ޚަބަރު

މާލޭގެ ރައްޔިތުން ބަސް އިއްވައިފި، ބަލި ގަބޫލު ކޮށްފިން: އަނަސް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އެމްޑީޕީއިން ވާދަކުރެއްވި ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރު ބަލި ގަބޫލުކުރައްވާ މޭޔަރުކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު މުޢިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

Ads by STELCO

ދާދި ދެންމެއަކު އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ބަސް އިއްވައިފި ކަމަށާއި އޭނާ ނަތީޖާ ގަބޫލު ކުރަައްވާ ކަމަށެވެ. އަދި މިރޭގެ ނަތީޖާއަށް ބަަލައި މާލެއިން ކާމިޔާބު ހޯދުމަށް އެމްޑީޕީއިން އަނެއްކާ ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އަނަސްއަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާގޮތުން މުޢިއްޒު އިންތިހާބުވެވަޑައިގަންނަވާނެކަން ވަނީ ކަށަވަރުވެފައެވެ. އެގޮތުން މުޢިއްޒުއަށް ލިބިފައިވަނީ 9548 ވޯޓެވެ. އެއީ ވޯޓުގެ 61.32 އިންސައްތައެވެ. އަދި އަނަސް އަށް ލިބިފައިވަނީ 5،757 ވޯޓެވެ. އެއީ ވޯޓުގެ 36.97 އިންސައްތައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!