Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތު ކުރުން މިރޭ

1442 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތު ކުރުން މިރޭ

1442 ވަނަ އަހަރަށް ހަނދު ބެލުން މިރޭގެ 20:30 ގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމަށްޓަކައި ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅު ތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރި މަތީގައެވެ. އަދި އެ ރަށަކީ މެޖިސްޓްރޭޓް ނެތް ރަށެއް ކަމުގައިވާނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ޙަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ.

ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތު ދޭއިރު ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ގާތްގަޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ހިމެނޭ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައި ވެއެވެ. ހެކިބަސް އަދާކުރުމަށް ޓަކައި ދަތުރުފަތުރުގެ ޚަރަދު ދޫކުރާނީ ވެސް އެއިދާރާއިންނެވެ.

Advertisement
Allied Insurance — Square (box)

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ 1ވަނަ ދުވަހަކީ މިމަހުގެ 13 ވާ އަންގާރަ ދުވަހެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް