Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މިރޭ ހަނދު ފެނިއްޖެ ނަމަ ބަޑި ޖަހާނީ އަންހެން ސިފައިން

މިރޭ ހަނދު ފެނިއްޖެ ނަމަ ބަޑި ޖަހާނީ އަންހެން ސިފައިން

1442 ވަނަ އަހަރަށް ހަނދު ބެލުން މިރޭ 20:30ގައި އޮންނާނެ ކަމަށާއި ހަނދު ފެނިއްޖެ ނަމަ ބަޑި ޖެހުމުގެ ރަސްމިއްޔާތު އޮންނާނެ ކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ހާމަ ކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހަނދު ފެނިއްޖެ ނަމަ ބަޑި ޖެހުމުގެ ރަސްމިއްޔާތު މިރޭ 20:30ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެ ކަމަށެވެ. އަަދި ބަޑި ޖަހާ ގެމައިގައި ބައިވެރި ވާނީ އަންހެން ސިފައިން ކަމުގައި ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާ ކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރި މަތީގައެވެ. އަދި އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. އަދި އެ ރަށަކީ މެޖިސްޓްރޭޓް ނެތް ރަށެއް ކަމުގައިވާނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ

Advertisement
Allied — Dhen Online (box)

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހުގެ 1 ވަނަދުވަހަކީ މިމަހުގެ 13 ވާ އަންގާރަ ދުވަހެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް