Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19: ރާއްޖެއިން މިބަލި ޖެހުނު ދިވެހި އަންހެނެއް ނިޔާވެއްޖެ!

ކޮވިޑް-19: ރާއްޖެއިން މިބަލި ޖެހުނު ދިވެހި އަންހެނެއް ނިޔާވެއްޖެ!

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗް ގައި ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި އެއަންހެން މީހާ ނިޔާވެފައިވަނީ ރޭ 11:20 ހާއިރެވެ.

އޭނާ އައިޖީއެމްއެޗްގެ އެމަޖެންސީ ބަޔަށް އިއްޔަ ހަވީރު 4:40 ހާއިރު ދިޔައީ ނޭވާލާން ދަތިވެގެން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

Advertisement
Ooredoo — Square (box)

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 17 ވަނަ މީހާއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޖުމްލަ 3،949 މީހުން ވަނީ ފައްސިވެފައެވެ.

ރޭ ނިޔާވި މަރްޙޫމާގެ ފުރާނައަށް މާތް ﷲ ހެޔޮރަޙްމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް