ދީން

ވިސްނައިފި މީހަކަށް އިބްރަތެއް! މިއަހަރު ގެފުޅާއި އެންމެ ގާތުން ޠަވާފް ކުރީ އަންހެނުން!

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ޙައްޖުގެ އަޅުކަން އެހެން އަހަރުތަކުގެ ޙައްޖުގެ އަޅުކަމާއި ވަރަށް ގިނަ ގޮތް ގޮތުން ތަފާތެވެ.

މުޅި ދުނިޔެއަަށް ފެތުރިފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް އެހެން ޤައުމުތަކުން ސައުދީ އަރަބިއާ އަށް މީހުން ދިޔުން މަނަލެވެ. ޙައްޖުގެ އަޅުކަން ހަމައެކަނި އަދާކުރުމުގެ ހުއްދަ ލިބުނީ ސައުދީ އަރަބިއާގައި ދިރިއުޅޭ މީހުންނަށެވެ. އޭގެތެރޭގައި ސައުދީ އަރަބިއާގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ހިމެނެއެވެ.

މިއަހަރު ޙައްޖުވާން ދިޔަ އެންމެންވެސް ކޮވިޑަށް ޓެސްޓުކޮށް ޙައްޖުގެ އަޅުކަމުގެ ކުރިން ކަރަންޓީނު ކޮށްފައިވެއެވެ. އަދި ކޮންމެ ޙައްޖާޖީއެއްގެ އަތުގައި ޓެގުވެސް އަޅުވާފައިވެއެވެ.

މީގެ އިތުރުން ގެނެސްފައިވާ އެހެން ބަދަލުތަކަކީ ގައިދުރުކަން އިސްކޮށް ޙައްޖުގެ އަޅުކަން އަދާކުރުމެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އެއްވެސް ޙައްޖާޖީއަކަށް ގެފުޅުގައި އަތް ނުލެވެއެވެ.ގެފުޅާއި ކައިރިން ތަވާފުކުރުމަކީ ގިނަ މީހުން ސަމާލުކަން ދޭ ކަމެކެވެ. މާތް ﷲ ގެ އިރާދަފުޅާއެކު، ގެފުޅާއި އެންމެ ގާތް ވުމުގެ ނަސީބު މިއަހަރު ލިބިފައިވަނީ އަންހެން ޙައްޖާޖީންނަށެވެ.

އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމްދީނުގައި އަންހެނުންނަށް ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވެއެވެ. އިސްލާމްދީނުގައި އަންހެނުންނަށް ވަނީ ޚާއްޞަ މަގާމެއް ދެއްވާފައެވެ. ކޮންމެ މުސްލިމަކު ވެސް އެންމެ ބޮޑަށް ކިޔަމަންތެރިވެ އަޅާލަން ޖެހެނީ އަންހެނަކަށެވެ. އާދެ! މަންމައަށެވެ. ސުވަރުގެ ހާސިލްވާން އޮތީ އެކަމަނާއަށް އަޅާލުމާއި ލޯބި ދީގެން އެކަމަނާގެ ފައިތިލަ ދަށުންނެވެ.

އަންހެނުންނަށް ޚާއްޞަ މަގާމެއް ދެއްވާ އެކަނބަލުން މާތް ކުރެވިގެންވީ ނަމަވެސް އިސްލާމްދީނާއި މެދު ނަފްރަތު އުފައްދާ މީހުން ކުރިމަތިކުރުވާ އެއް ސުވާލަކީ ވެސް އަންހެނުންނާއި ގުޅޭ ސުވާލެވެ.އިސްލާމްދީނުގައި އެމީހުންނަށް ދީފައިވަނީ ދަށު ދަރަޖަ ކަމަށް ބުނެ ހަދާ ބުހުތާނެވެ. މި އަހަރުގެ ޙައްޖުންވެސް ސާބިތުވީ އެކަމެވެ. އަންހެނުންނަކީ ޚާއްޞަ މަގާމެއް ، ޚާއްޞަ ރަައްކާތެރިކަމެއް ދެވިގެންވާ ބައެއް ކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!