ތިން ޕާޓީއަށް ބެހިފައި އޮތް ލަންދޫ، ހިތަކަށް އެމްޑީޕީއަށް

އިއްޔެ ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ލަންދޫގެ 5 ގޮނޑި ވެސް އެމްޑީޕީއިން ކާމިޔާބު ކޮށްފިއެވެ.
މިދިޔަ ދައުރުގައި އެ ރަށު ކައުންސިލަށް އިންތިޚާބުވީ ތިން ޕާޓީގެ ތިން ކައުންސިލަރުންނެވެ. އެއީ ޕީޕީއެމްގެ މެންބަރަކާއި އެމްޑީއޭގެ މެންބަރަކާއި އެމްޑީޕީގެ މެންބަރެކެވެ.
މިފަަހަރު ލަންދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބު ވެފައި މިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަބްދުލްއަޒީޒް މުހައްމަދުއެވެ. އޭނާއާ ވާދަ ކުރައްވާ ކެނޑިޑޭޓަކީ ޕީޕީއެމްގެ ހަސަން ސައިފެވެ.
ލަންދޫ ކައުންސިލްގެ އާންމު މެންބަރުންގެ ދެ ގޮނޑިއަށް އިންތިޚާބުވީ އިބްރާހިމް ރައްޒާނު އާއި މަންސޫރު މުހައްމަދުއެވެ. އެ ދެ ކެނޑިޑޭޓުންނާ ވާދަ ކުރައްްވާފައި ވަނީ ޕީޕީއެމްގެ އަބޫބަކުރު އަބްދުއްރަހީމާއި އިބްރާޙިމް އަބްދުއްރަހީމްގެ އިތުރުން އަމިއްލަ ކެނޑިޑޭޓް އަބްދުﷲ ދާއޫދެވެ.
ލަންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ދެގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީގެ އާއިޝަތު ޞަބާހާ އާއި ޝިރީނާ އާދަމްއެވެ. އެ ދެ ކެނޑިޑޭޓުންނާ ވާދަ ކުރެއްވީ ޕީޕީއެމްގެ ހައްވާ ތަހުމީނާ އާއި ފާތިމަތު ސުނާނާއެވެ.