ޚަބަރު

އަމާޒަކީ މުޙައްރަމް މަހުގެ ނިޔަލަށް މުދަލު ޒަކާތް ބެހުން: މިނިސްޓަރ

ދެން އެމްވީ ، ދެން އޮންލައިން

އަންނަ މުޙައްރަމު މަސް ނިމުމުގެ ކުރިން މުދަލު ޒަކާތް ބެހުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

"ރާއްޖެ ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުހައްރަމު މަހުގެ ކުރިން ޒަކާތް ބެހުމަށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފަޤީރުންގެ ދަފްތަރާ ގުޅޭ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި މި މައްސަލަތައް ފިތުރު ޒަކާތް ބެހިއިރުވެސް ދިމާވިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މިހާރުގެ ހާލަތަށް ބަލައި ފަގީރުންގެ ލިސްޓު އަޕްޑޭޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ވެސް ފާހަގަ ކުރެއްވިއެވެ.

ނިސްޓްރީން ވަނީ މިހާރު އެކުލަވާލައިފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 23 ވަނަ ދުވަހަށް ހުޅުވާލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!