Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މި އަހަރު ރޯދަ ހިއްޕަވާ ޤުރުއާން ވިދާޅުވާނަން: އިނގިރޭސި ސަފީރު

މި އަހަރު ރޯދަ ހިއްޕަވާ ޤުރުއާން ވިދާޅުވާނަން: އިނގިރޭސި ސަފީރު
މި ރޯދަމަހު ރޯދަ ހިއްޕަވައި ގުރުއާން ވިދާޅުވާނެ ކަމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު، ކެރޮން ރޮސްލާ ވިދާޅުވެއްޖެއެވެ. ރޯދަ މަހުގެ ތަހުނިޔާ ފޮނުވަމުން ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަސް ލޮކްޑައުންއާ ދިމާވުމުން ދިމާވި ދަތިތަކާ ހުރެ އެ ފަހަރު ރޯދަ އަށް ނުހުންނެވުނީ ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ރޯދަ ހިފައި، ޤުރުއާން ވިދާޅުވާނެ ކަމަށް ޓްވީޓްގައި ލިޔުއްވިއެވެ.

“މިދިޔަ އަހަރު ލޮކްޑައުންއާ ދިމާވީމާ ރޯދަ. إن شاء الله މި އަހަރު ރޯދަ ހިފާނަން” ސަފީރު ވިދާޅުވިއެވެ. 

އޭނާ މިދާޅުވީ މިދިޔަ އަހަރަށްވުރެ މި އަހަރު ފަސޭހަވާނެ ކަމަށެވެ. އަދި އާންމުންގެ ޚިޔާލާއި، ނަސޭޙަތް އަޑު އައްސަވާނެ ކަމަށް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. https://twitter.com/caron_rohsler/status/1381678556279930881?s=21 އެ ޕޯސްޓަށް އާންމުންގެ ގިނަ ބަޔަކު އަމިއްލަ ޚިޔާލު ފާޅު ކޮށްފަައިވެއެވެ. އަދި ރޯދަ މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ވެސް ސަފީރަށް ރައްދު ކުރަމުން ގިނަ ބަޔަކު ދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް