ޚަބަރު

ދައުވަތުގެ މަސައްކަތުގައި މިހައި ހުރަސްތައް ކުރިމަތިވި ސަރުކާރެއް ތަޖުރިބާއެއް ނުކުރަން: ޢަލީ ރަމީޒް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދައުވަތުގެ މަސައްކަތުގައި މިހައި ގިނަ އުނދަގުލާއި ހުރަސްތައް ކުރިމަތިވި ސަރުކާރެއް އަަދި ތަޖުރިބާ ނުކުރައްވާ ކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޢަލީ ރަމީޒް މިހެން ވިދާޅުވެފައި ވަނީ އޭނާ ހިމެނި ވަޑައިގަންނަވާ ސަލަފް ޖަމިއްޔާއިން ދީނީ ދަރުސް ސިލްސިލާއެއް ބާއްވަން ސަރުކާރުގައި އެދިލެއްވުމުން ޖަވާބެއް ނުދިންކަން މިއަދު އެ ޖަމިއްޔާއިން ހާމަކުރުމާ ގުޅިގެންނެވެ.

"ދައުވަތުގެ މައިދާނުގައި އަޅުގަނޑު މަސައްކަތް ފެށިފަހުން މިވީ 15 އަހަރުގައި، ދީނީ ދައުވަތުގެ މަސައްކަތަށް މިހައި އުނދަގުލާ ހުރަސްތައް ކުރިމަތިވި، ސަރުކާރެއް އަޅުގަނޑު ތަޖުރިބާއެއް ނުކުރަން" ޢަލީ ރަމީޒް ވިދާޅުވިއެވެ.

ސަލަފް ޖަމިއްޔާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ޖަމިއްޔާއިން މިއަދު ރޯދަ މަހު ފުރުގާން މިސްކިތުގައި ކުރިއަށް ގެންދާ ހާއްސަ ދަރުސް ސިލްސިލާ މި އަހަރު ވެސް ކުރިއަށް ގެންދަން ނިންމައި އެކަމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް ވެސް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށެވެ.

"ޖަމިއްޔަތުއްސަލަފްގެ ފަރާތުން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ހާއްސަ ސިލްސިލާއާމެދު ގިނަ ފަރާތްތަކަކުން ސުވާލު ކުރަމުންދާތީ ދަންނަވާލަން. މިވީ ތަނަށް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނެތްވާހަކަ ހިތާމަޔާއެކު ދަންނަވާލަން" ޖަމީޢަތުލް ސަލަފުން ބުންޏެވެ.

އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

Ads by Ooredoo
  1. ނަރުދޫ ހަސަނު

    ވަރަށް ދައުވަތު ދެވޭ މީހެއްދޯ ތީ. ކަލޭގެ ދަޢުވަތަ އަނެއްކާ އެކްސްޓްރީމިސްޓުންނާ ގުލުމެއްނުވޭބާ. ހާދަވައްތަރޭ

    • އަލީ

      އިސްލާމްދީނަށް ޓަކައި މީހަކު ބަދަލުވެއްޖެއްޔާ އެކްސްޓްރީމިސްޓެއް އެހެން ނޫނީ ޓެރަރިސްެއް މިދުނިޔޭގައި ބުނަން ބޭނުން އެއްޗެއް ބުނެލާފައި އުޅެން ބޭނުންވާ ގޮތަކަށް އުޅެވިދާނެ . މަރު އައިސް ބައްދަލުވީ ތި ތަޅުވާ އަނގައިން ކޮން ބަހެއްބާ ބޭރުވާނީ

  2. ޢަލިީ

    ޖިހާދަށ މީހުނ ނުފޮނުވޭތ ދޯ

  3. ހުސެން

    ދިވެހިންނަށް ފުދޭވަރަށް ސަރުކާރުން ގެންދަނީ ދައުވަތު ދެމުން. މިނަށްވުރެ ފުރައްސާރަބައި ބޮޑުވީމަ ވާނީ ތިހެން. ތިއުޅެނީ ދީނަށް ކަމެއްކޮށްދޭކަށްނޫން. މަގުފުރައްދާލެވޭނެ މީހަކު ފެނޭތޯ އަދިވެސް ތިބަލަނީ. ތިމީހުންގެ ފަރާތުން މިގައުމަށް ލިބުނު ފައިދާއެއްނެތް.

  4. ކިނބޫ

    ޑރ. އިޔާޟު ކަނޑި ހިފައިގެން އަލީރަމީޒާ ދިމާއަށް ނުދޭބާ ތިހެން ބުނެގެން!