Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގައިދީންނަށް ވެކްސިން ދޭން ފަށައިފި

ގައިދީންނަށް ވެކްސިން ދޭން ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާއި ބަންދުގައި ތިބި މީހުންނަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފަށައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދޭން ފެށީ މާލޭ އަދި ހުޅުމާލޭގައި ތިބި ގައިދީންނަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ. އަދި މިހާރު މާލޭ އަދި ހުޅުމާލެ ޖަލުގައި ތިބި ގައިދީންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީ ނިންމާލެވިފައިވާ ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލެ ޖަލުގައި ތިބޭ ގައިދީންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ދަމަނަވެށީގައި މަސައްކަތް ކުރައްވާ ސިއްހީ އެހީތެރިންގެ ފުރިހަމަ އެހީތެރިކަމާއެކުގައި ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

މާފުށި ޖަލުގައި ތިބޭ ގައިދީންނަށް މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ވެކްސިން ދޭން ފަށާނެ ކަމަށާއި، ވެކްސިން ދޭން ނިންމައިފައި ވަނީ މާފުށި ސިއްހީ މަރުކަޒާ ގުޅިގެން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ. ހަމައެއާއެކު ހިންމަފުށި އައްސޭރި ޖަލުގައި ތިބޭ ގައިދީންނަށް ވެކްސިން ދެވޭނެ ދުވަހެއް ދަންނަވަން އަދި އެނގިވަޑައިނުގަންނަވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް