Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިލެކްޝަން ކޮމިޝަނަށް ފުރިހަމަ އިތުބާރު އެބައޮތް: އެމްޑީޕީ

އިލެކްޝަން ކޮމިޝަނަށް ފުރިހަމަ އިތުބާރު އެބައޮތް: އެމްޑީޕީ

އިލެކްޝަން ކޮމިޝަންއަށް އެމްޑީޕީގެ ފަރާތުން ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާ ގުޅުން ހުރި ޝަކުވާތައް އެމްޑީޕީން އީސީއަށް ހުށަހެޅުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް އިލެކްޝަން ކޮމިޝަނަށް އިތުބާރު ނުކުރަންވީ ވަކި ސަބަބެއް އަދި ނެތް ކަމަށާއި، އަދި މިހާތަނަށް އިލެކްޝަނުން ގާނޫނާ ޚިލާފަށް އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ފެނިފައި ނުވާ ކަމަށެވެ.

އަދި ވޯޓު ކަރުދާސް ބާތިލު ވުމުން އެ ކަރުދާސްކޮޅު ބާތިލުވީ ކޮން ސަބަބަކާ ހުރެކަން ބެލުމަށް އެދުމުން އީސީން އެކަން ކޮށްދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެމްޑީޕީން އީސީ އަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތުތަކަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން އެއްވެސް އިރެއްގައި އީސީއަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި އަދި ނުވެސް ފޯރުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް