Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކޮވިޑް-19އަށް ފައްސިވެއްޖެ

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކޮވިޑް-19އަށް ފައްސިވެއްޖެ

ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ޕޮލިސް ބޯޑު މީޓީންގައި އޮންލައިންކޮށް ބައިވެރިވި ކަމަށާއި، އެގޮތަށް އޮންލައިންކޮށް އެ ބައްދަލުވުމުގައި ބައިވެރިވާން ޖެހުނީ، ކޮވިޑް-19އަށް އެބޭފުޅާ ފައްސިވެ، ހޯމް އައިސޮލޭޝަންގައި މަޑުކޮށްގެން ހުންނާން ޖެހުމުގެ ސަބަބުން ކަމަށެވެ.

https://twitter.com/m_hameedh/status/1382631095183675400?s=21

Advertisement
Allied — Dhen Online (box)

ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރިފައިވާއިރު، ރޭ އެކަނި ވެސް 85 މީހަކު ރާއްޖެއިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މާލެއިން 39 މީހުންނާއި، އަތޮޅުތަކުން 38 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 8 މީހެކު ހިމެނެއެވެ. އެއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމުލަ އަދަދު 25،844 އަށް ވަނީ އަރާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް