ސީޕީގެ އަނބިކަނބަލުން ވެސް ކޮވިޑަށް ފައްސި

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދު ވެސް ކޮވިޑަށް ފައްސި ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޒީހާ ކޮވިޑަށް ފައްސިވެފައި ވަނީ ސީޕީ ހަމީދު ފައްސިވުމުގެ ކުރިންނެވެ. އެ ދެމަފިރިކަނބަލުން ވެސް ކޮވިޑަށް ފައްސިވީކަން އެނގުނީ މިއަދުއެވެ.
ސީޕީ ހަމީދުގެ ދެމަފިރިކަނބަލުން ކޮވިޑަށް ފައްސިވެފައި ވީ ނަމަވެސް އެ ދެމަފިރިކަނބަލުންގެ އެއްވެސް ބޭފުޅަކު ކޮވިޑަށް ފައްސި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސީޕީގެ އަނބިކަނބަލުން ނަޒީހާގެ ދައްތާފުޅު މެޑަމް ފަޒްނާ އަހްމަދު ވެސް ކޮވިޑަށް ފައްސިވެފައިވާ ކަން ދާދި ދެންމެއަކު ރައީސް އޮފީހުން ވަނީ ހާމަ ކޮށްފައެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނަތީޖާ ކޮވިޑަށް ނައްސިއެވެ.
ހަމީދު ކޮވިޑަށް ފައްސިވީ އިރު އޭނާ ހުންނެވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިގެންނެވެ.ހަމީދު ކޮވިޑަށް ޓެސްޓު ކުރެއްވީ ރޯގާގެ އަލާމާތްތަކެއް ފެނިގެންނެވެ.