Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސީޕީ ހަމީދު ކޮވިޑަށް ފައްސިވީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖެހި ފަހުން

ސީޕީ ހަމީދު ކޮވިޑަށް ފައްސިވީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖެހި ފަހުން

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކޮވިޑް-19އަށް ފައްސިވީ ވެކްސިންގެ ދެ ޑޯޒް ވެސް ޖެހި ފަހުން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕީ މުޙައްމަދު ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭނާ ފައްސިވެފައި ވަނީ ހަމީދު ފައްސިވުމުގެ ކުރިންނެވެ. އެ ދެމަފިރިކަނބަލުން ވެސް ކޮވިޑަށް ފައްސިވީކަން އެނގުނީ މިއަދުއެވެ.

ސީޕީ ހަމީދުގެ ދެމަފިރިކަނބަލުން ކޮވިޑަށް ފައްސިވެފައި ވީ ނަމަވެސް އެ ދެމަފިރިކަނބަލުންގެ އެއްވެސް ބޭފުޅަކު ކޮވިޑަށް ފައްސި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement
Ooredoo — Square (box)

ސީޕީގެ އަނބިކަނބަލުން ނަޒީހާގެ ދައްތާފުޅު މެޑަމް ފަޒްނާ އަހްމަދު ވެސް ކޮވިޑަށް ފައްސިވެފައިވާ ކަން ދާދި ދެންމެއަކު ރައީސް އޮފީހުން ވަނީ ހާމަ ކޮށްފައެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ނަތީޖާ ކޮވިޑަށް ނައްސިއެވެ.

ހަމީދު ކޮވިޑަށް ޓެސްޓު ކުރެއްވީ ރޯގާގެ އަލާމާތްތަކެއް ފެނިގެންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް