ވިޔަފާރި

އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ މާރޗު މަހު އިމްޕޯޓު އެކްސްޕޯޓުން ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ ދުވަސްވަރާ އަޅާބަލާއިރު އިތުރު ވެއްޖެއެވެ.

Ads by STELCO

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް ލިބިފައި ވަނީ 266 މިލިއަން ރުފިޔާއެވެ. ނަމަވެސް 2020 ވަނަ އަހަރުގެ މި މުއްދަތުގައި 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވެއެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ. މިއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 13 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން އާއި އިންޑިއާ އަދި ސިންގަޕޫރުންނެވެ. އެގޮތުން، އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާއިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މާރޗް މަހު އިމްޕޯޓާއި އާމްދަނީ އިތުރުވި ނަމަވެސް އެކްސްޕޯޓު ވަނީ ދަށްވެފައެވެ.އެގޮތުން، މިދިޔަ މަހު 301 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އިރު މިދިޔަ އަހަރުގެ މާޗު މަހު 380 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އެވެ. މިއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!