Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މީހުންގެ ހަށިގަނޑާއި ނަފްސާ މުދަލުގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭ: އަލްހާން

މީހުންގެ ހަށިގަނޑާއި ނަފްސާ މުދަލުގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭ: އަލްހާން

މީހުންގެ ހަށިގަނޑާއި ނަފްސާ މުދަލުގެ ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ދެންމެ ކުރެެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ މާލޭ މަގުމަތިން ހިނގާފައި ދިޔަ ކުއްޖަކު ދެ ފިރިހެނުން ވެގެން ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އަލްހާން ވިދާޅުވީ އެ ކަމަކީ އިސްލާމީ މުޖުތަމައުއެއްގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

“މަގުމަތިން އަންހެނުން ނަގައިގަނެގެން ތަންތަނަށް ވައްދާ ރޭޕްކުރާ ތަނަކަށް މި އިސްލާމީ މުޖްތަމަޢު ވެގެން ދިއުމަކީ ލަދުވެތި ހުތުރުވެގެންވާ ކަމެއް”އަލްހާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/alhanfahmy/status/1383475654646132738?s=21

އަންހެނަކު ރޭޕް ކުރި މައްސަލަ ފުލުހުން ބަލަމުން ދާއިރު މި މައްސަލައިގެ ތުހުމަތުގައި 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ރޭ ހައްޔަރު ކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް