ރައީސް ނަޝީދަށް ނިޒާމު ބަދަލު ނުކޮށް ކުއްލިއަކަށް ވެރިކަމަށް އާދެވޭ ގޮތް ރީކޯ ކިޔައިދެއްވައިފި
ދިވެހިރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަމަށް އާދެވޭނެ ގޮތެއް ހުޅުހެންވެއިރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ކިޔައިދެއްވައިފިއެވެ.
ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަން ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މެސެޖަކުން ދަންނަވާފައެވެ.
މިކަމާ ގުޅިގެން ރީކޯ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުނުކޮށް ކުއްލިއަކަށް ވެރިކަމަށް އާދެވޭގޮތްތައް ރައީސް ނަޝީދަށް ކިޔައިދެއްވައިފައެވެ،އެގޮތުން ފުރަތަމަ ކަމަކަށް މޫސާ ފާހަގަ ކުރެއްވީ މިހާރު ހުންނެވި ނައިބު ރައީސް އިތުބާރު ނެތް ކަމަށް ފާސްކޮށް ނައިބު ރައީސްގެ މަޤާމަށް އައުމަށް ފަހު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކޮށް، ނައިބު ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމެވެ.
ނޫން ނަމަ ދެން އޮތް ގޮތަކީ " ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރެއްވި ފަދަ ބަގާވާތެއް ކޮށްގެން ވެރިކަމަށް އައުން" ކަމަށް ވެސް ރީކޯ މޫސަ ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިޙާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.
އިރުކޮޅަކުން ބުނެފާނެ ތިމަންނާ އެހެން ނުބުނަމޭ ބުނި އެއްޗެއް ނޫސްވެރިން އޮޅުވާލީއޭ.
ޟޮޔަ ރިިކޮ
މޮޔަބޮލަށްއަރައިގެން ނޫޅޭމީދިވެހި ރައްޔަތުންގެ ތަރިކަ އެމީހުންބަރުލަމާނީއަށްނޫނެކޭބުނެފި
ރައްޔިތުންނައް މިފަހަރު މިހޮވުނީ ފީކާއްޓެއް ސުލޯ އިބުރާހިމްފުޅު ބަރަވެލި ދުވެލީގަ