Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، ރަށް މޮނިޓަރިންއަށް

އޭދަފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެ، ރަށް މޮނިޓަރިންއަށް

ބ. އޭދަފުށީން ކޮވިޑް-19އަށް މީހަކު ފައްސިވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އޭދަފުށިން ފައްސިވެފައި ވަނީ އެރަށުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ އަންހެނެކެވެ.

އޭދަފުށީން މައުލޫމާތު ލިބުނު ގޮތުގައި ފައްސިވީ މީހާއާ ކޮންޓެކެޓްވެފައިވާ މީހުން ހޯދައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައެވެ. އަދި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ގެއިން ނިކުމެ ނޫޅެން އަންގާފައިވާއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އަކުން ފެށިގެން ދަށް ގްރޭޑް ތަކުގެ ދަރިވަރުން ސްކޫލަށް ނުގެންދަން ވަނީ ވެސް އަންގައިފައެވެ.

Advertisement
Ooredoo — Square (box)

އޭދަފުށިން މިހާރު މޮނީޓަރިންގައި އޮތްއިރު އެ އަތޮޅު މާޅޮހުން ދެ ފަތުރުވެރިއަކު ފައްސިވެ އެރަށް ވެސް އޮތީ ކަރަންޓީނުގައެވެ.

އޭދަފުށްޓަކީ ބ. އަތޮޅުގެ ރައްޔިތުންނާއި ކައިރި އަތޮޅު ތަކުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކިއެކި ހިދުމަތްތައް ހޯދުމަށް ޒިޔާރަތް ކުރާ ރަށެކެވެ.ނަމަވެސް އެ ރަށް މޮނީޓަރިންއަށް ލުމާއެކު މިހާރު އެ ރަށަށް އަރައި ފޭބުން މަނާ ވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް