ޚަބަރު

ހެކި ނެތް ކަމަށް ބުނެ އިކްރާމްގެ މައްޗަށް ހުށަހެޅި ޖިންސީ މައްސަލަ ނުބަލަން ނިންމައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތު ކުރެވުނު މޯލްޑިވް ގޭސްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް މައްސަލަ އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ބުނެ ނުބަލަން ނިންމައި ފައިލް ކޮށްފިއެވެ.

Ads by Hajj Corporation

މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމްގެ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ގެންދިޔައީ ބަލަމުންނެވެ. އެގޮތުން އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭހަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ދިޔައީ ބަލަމުންނެވެ.

އެ މައްސަލަ ފައިލުކޮށް މައްސަލަ ނިމުނުގޮތުގެ ލިޔުން މިއަދު ވަނީ އިކުރާމަށް ފޮނުވާފައެވެ. އިކުރާމުގެ މައްޗަށް ތުހުމަތު ކުރެވުނު "ޖިންސީ ފުރައްސާރައިގެ މައްސަލަ ތަހުގީގަށް ފުލުހުންނަށް ހުށަހެޅިފައިވާ ކަންތަކަށާއި ވަށައިގެންވާ ކަންތަކަށް ބަލާއިރު ކުށުގެ އަމަލެއް ހިނގާފައިވާ ވަރުގެ ހެއްކާއި ގަރީނާއެއް ނެތްކަން ތަހުގީގަށް ފާހަގަވެފައިވާ" ކަމަށް އެ ލިޔުމުގައި ވަނީ ބުނެފައެވެ. އަދި ޖިންސީ ފުރައްސާރައިގެ މައްސަލަ ނުބަލަން ނިންމާ ފުލުހުންގެ އިދާރާގަައި ފައިލު ކުރެވިފައިވާކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

Ads by Ooredoo
  1. ޢައިޝާ

    ކުށެއްނެއް މީހެއްގެ އަގު ވެއްޓީ ކެރިއަރ ހަލާކުވީ..