ޚަބަރު

އުއްތަމަ ފަނޑިޔާރާއި ކުރީގެ ޖަސްޓިސް މިނިސްޓަރުގެ މަންމާފުޅު އަވަހާރަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ މަންމަ ނަސީމާ އިބްރާހިމް އަވަހާރަވެއްޖެއެވެ.

Ads by MWSC

އެކަމަނާ އަވަހާރަވީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ މިދިޔަ އަންގާރަ ދުވަހު އައިޖީއެމްއެޗްގައި އޮޕަރޭޝަން ވެސް ކުރެވި ފަރުވާ ދެމުން ދަނިކޮށެވެ.

ނަސީމާ އިބްރާހިމް އަވަހާރަވީ އިރު، އެކަމަނާގެ އާލާސްކަންފުޅާ ގުޅޭ ގޮތުން ވަނީ އެއްވެސް މައުލޫމާތެއް އަދި ލިބޭ ގޮތް ނުވެފައެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން، ނަސީމާ އިބްރާހިމް އަކީ ކުރީގެ ޖަސްޓިސް މިނިސްޓަރު މުއިއްޒު އަދުނާނުގެ ވެސް މަންމާފުޅެވެ.

މަންމާފުޅު އަވަހާރަވުމާ ގުޅިގެން މުއިއްޒު އަދުނާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަމަނާ އަވަހާރަވީ މިރޭ 10:30 ހާއިރު ކަމަށެވެ.

ނަސީމާ އިބްރާޙިމަކީ ކުރީގެ ބަންޑާރަނައިބު އަދި ކުރީގެ ވަޒީރު އަލްމަރުހޫމް އަދުނާން ހުސައިންގެ ހުވަފަތް އަނބިކަނބަލުންނެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!