ޚަބަރު

ގަން،ފޮނަދޫގެ ރައްޔިތުން ހުން އަދި ރޯގާގެ އަލާމަތެއް ހުރިނަމަ އެންގުމަށް އެދިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ހުން އަދި އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ގަމުން ނަމަ 6800551 ނަމްބަރަށް އަދި ފޮނަދޫން ނަމަ 6800029 ނަންބަރު ފޯނަށް ގުޅުއްވާ އެކަން އެންގުމަށް އެދިއްޖެއެވެ.

Ads by Hajj Corporation

ގަމު ރީޖަނަލް ހޮސްޕިޓަލް އަދި ފޮނަދޫ ހެލްތު ސެންޓަރުން މިގޮތަށް އެދިފައި މި ވަނީ ގަމުން 3 މީހަކު ކޮވިޑް-19 އަށް ފައްސިވެ، ދެ ރަށް މޮނިޓަރިންގއަށް ލުމާ ގުޅިގެންނެވެ. ގަމުން ކޮވިޑް-19 ޖެހިފައި ވަނީ އެރަށު މުކުރިމަގު އަވަށު 3 މީހަކަށެވެ.

ގަމުން 3 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެރަށާ ގުޅިފައި އޮންނަ މާންދޫން އިއްޔެ ވަނީ 8 މީހަކަށް ކޮވިޑް-19 ޖެހިފައެވެ. ގަމުން ފެނިފައި ވަނީ މިކޭސްތަކާ ގުޅުން ހުރި ކޭސްތަކެއްތޯ މިހާރު ދަނީ ބަލަމުންނެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން "ދެން" އަށް މައުލޫމާތު ދެމުން ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ، ރެންޑަމް ސާންޕަލް ނެގުމުގެ މަސައްކަތް ދެ ރަށުގައި ވެސް މިހާރު ކުރިޔަށްދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!