ޚަބަރު

ގަން ކްލަސްޓަރ: ދެ މީހުން މަސައްކަތް ކުރަނީ މާންދޫގައި، ދެން ހުރި މީހާއަކީ ޑައިރެކްޓް ކޮންޓެކްޓެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
Gan Regional Hospital, ގަން ރީޖަނަލް ހޮސްޕިޓަލް، ލާމު ގަން
ގަމު ރީޖަނަލް ހޮސްޕިޓަލް. ދެން ފައިލް ފޮޓޯ

މިރޭ ލ.ގަމުން ކޮވިޑް-19 އަށް ފައްސިވި ދެ މީހުންނަކީ ލ.މާންދޫގައި މައްސަކަތް ކުރަމުންދާ ދެ މީހުން ކަމަށާއި ދެން ހުރި މީހާއަކީ ފައްސިވި މީހާގެ މަންމަ ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

"ދެން" އަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނާޝީދު ވިދާޅުވީ، މިއަދު ގަމުން ފައްސިވި ތިން މީހުންނަކީ ވެސް މާންދޫ ކްލަސްޓަރއާ ގުޅުން ހުރި ތިން މީހުން ކަމަށެވެ. އަދި މި މީހުން ޓެސްޓްކޮށްފައި ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ރަށުގައި ކޮވިޑް-19 ފެތުރިފައި އޮތް މިންވަރު ދެނެގަންނަން މިދަނީ ރެންޑަމް ސާންޕަލް ނަގަން ތައްުޔާރުވަމުން. ތިން މީހުންނަކީ ވެސް މާންދޫ ކްލަސްޓަރއާ ގުޅުން ހުރި ތިން މީހުން" ނަޝީދު ވިދާޅުވިއެވެ.

އިއްޔެ މާންދޫން 8 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ރަށް ވަނީ މޮނިޓަރިންގއަށް ލައިފައެވެ. މިރޭ މި ކްލަސްޓަރއާ ގުޅުން ހުރި 3 މީހަކު ގަމުން ފައްސިވުމާ ގުޅިގެން ގަމާއި އެރަށާ ގުޅިފައި އޮންނަ ފޮނަދޫ ވެސް ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!