ކޮވިޑް-19: ހިންމަފުށިން ފައްސިވި މީހުންގެ އަދަދު 14އަށް އަރައިފި
ކ. ހިންމަފުށިން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.
ހިންމަފުށި ސިއްހީ މަރުކަޒުން ވިދާޅުވީ އިއްޔެ އިތުރު ހަ މީހަކު އެ ރަށުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.
ހިންމަފުށި ކައުންސިލްގެ ރައީސް ޝާން އިބްރާހީމް ވިދާޅުވި ގޮތުގައި އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކާއި ޖަލުގެ ވެއިޓަރެކެވެ.
ހިންމަފުށި ސިއްހީ މަރުކަޒުން މިއަދު އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 19 އޭޕްރިލް ގައި އެކަކު ފައްސިވެފައި ވާއިރު 21 އެޕްރީލްގައި 5 މީހުން ފައްސި ވެފައިވެއެވެ. އަދި 22 އޭޕްރީލްގައި 2 މީހުންނާއި 23 އެޕްރީލްގައި 6 މީހުން ފައްސި ވިއެވެ.
މިހައިތަނަށް ފައްސިވި މީހުންގެ އަދަދު 14 އަށް އަރައިފައިވާ އިރު ގައިދީން ހިމެނޭހެން ކޮންޓެކްޓުންގެ ސާމްޕަލް ވަނީ ނަގައިފައެވެ. އެހެން ނަމަވެސް މިހައިތަނަށް އައިއިރު، އެއްވެސް ގައިދީއަކަށް ކޮވިޑް-19 ޖެހިފައި ނުވެއެވެ. ވަކި ތަރުތީބެއް ނެތި ރަށު ތެރެއިން ވެސް ދަނީ ސާމްޕަލް ނަގަމުންނެވެ.
ކޮވިޑްގެ ނުރައްކާ ބޮޑު ވަމުންދާ ހިންމަފުށި މިހާރު އޮތީ މޮނިޓަރިންގައެވެ. އެހެންކަމުން އެ ރަށަށް އަރައި ފޭބުން މަނާވާނެއެވެ،