Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގަން،ފޮނަދޫން ފައްސިވި މީހުންގެ އަދަދު 45 އަށް

ގަން،ފޮނަދޫން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު 45 އަށް އަރައިފިއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިހާތަނަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ގިނަ ފަރާތްތަކަކީ މާންދޫގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ. މިގޮތުން މާންދޫން މިހާތަނަށް 39 މީހަކު ފައްސިވެފައިވާއިރު، ގަމުން 6 މީހަކު ވަނީ ފައްސިވެފައެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް ނަގައިފައި ވަނީ 153 ސާމްޕަލްއެވެ. އޭގެތެރެެއިން 70 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، 85 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

Advertisement
Allied Insurance — Square (box)

ލ.މާންދޫން ކޮވިޑް-19 ކޭސްއެއް ފެނި އެރަށް މޮނިޓަރިންގއަށް ލީފަހުން، އެރަށާ އިންވެގެން އޮންނަ ގަމުން ކޮވިޑް-19 ކޭސްއެއް ވަނީ ފެނިފައެވެ. އެއާއެކު ގަމުގެ އިތުރުން ފޮނަދޫ ވަނީ މޮނިޓަރިންގގެ ހާލަތަށް ގެނެސްފައެވެ.

ގަން، ފޮނަދޫގައި އުފެދިފައިވާ ކްލަސްޓާއަކީ އެ ދެ ރަށާއި އެއްފަސްކޮށް އޮންނަ ސިނާޢީ ރަށެއްކަމަށްވާ މާންދޫން ފެނުނު ކްލަސްޓާއެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް