ޚަބަރު

ނަމާދުގައި ދެ ތަނބު ދޭތެރޭ ސަފު ހެދުމުގެ ހުކުމް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

Ads by STELCO

ދެތަނބު ދޭތެރޭގައި ޞަފު ނުހެދުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ. ސަބަބަކީ އޭގެ ސަބަބުން ޞަފުތައް މެދުކެނޑިގެން ދާތީވެއެވެ.

فقدروىابنماجة (1002) عَنْمُعَاوِيَةَبْنِقُرَّةَعَنْأَبِيهِقَالَ : (كُنَّانُنْهَىأَنْنَصُفَّبَيْنَالسَّوَارِيعَلَىعَهْدِرَسُولِاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَ ) صححهالألبانيفي "صحيحابنماجة" .އިބްނު މާޖާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. މުޢާވިޔާ ބިން ގުއްރާ-ރަޙިމަހުﷲ- އެކަލޭގެފާނުގެ ބައްޕާފުޅުގެ ގާތުން ރިވާ ކުރެއްވިއެވެ. "ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ދެތަނބު ދޭތެރޭ ޞަފު ހެދުން ތިމަންމެންނަށް މަނާ ކުރެއްވިއެވެ".

وروىالترمذي (229) عَنْعَبْدِالْحَمِيدِبْنِمَحْمُودٍقَالَ : صَلَّيْنَاخَلْفَأَمِيرٍمِنْالْأُمَرَاءِ ، فَاضْطَرَّنَاالنَّاسُفَصَلَّيْنَابَيْنَالسَّارِيَتَيْنِ ، فَلَمَّاصَلَّيْنَاقَالَأَنَسُبْنُمَالِكٍ : (كُنَّانَتَّقِيهَذَاعَلَىعَهْدِرَسُولِاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَ) وصححهالألبانيفي "صحيحالترمذي" .ތިރްމިޛީ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. ޢަބްދުލް ޙަމީދު ބިން މަޙްމޫދު- ރަޙިމަހުﷲ- ވިދާޅުވިއެވެ. "އަމީރެއްގެ ފަހަތުގައި ތިމަންމެން ނަމާދު ކުރީމެވެ. މީސްތަކުން ގިނަވުމުގެ ސަބަބުން ދެތަނބު ދޭތެރޭގައި ތިމަންމެން ޞަފު ހެދީމެވެ. ނަމާދުން އަވަދިވުމުން އަނަސްބިން މާލިކް-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި މިފަދަ ކަންތަކުން އަހަރުމެން ދުރުހެލިވެ ރައްކާތެރިވީމެވެ".

قالابنمفلحرحمهالله :

" وَيُكْرَهُلِلْمَأْمُومِالْوُقُوفُبَيْنَالسَّوَارِي،قَالَأَحْمَدُ : لِأَنَّهَاتَقْطَعُالصَّفّ "

އިބްނުލް މުފްލިޙް ރަޙިމަހުﷲ- ވިދާޅުވިއެވެ. "ދެތަނބު ދޭތެރޭ ޞަފު ހެދުމަކީ މައުމޫމުންނަށް މަކްރޫހަ ވެގެންވާ ކަމެކެވެ، އިމާމް އަޙްމަދު- ރަޙިމަހުﷲ- ވިދާޅުވިއެވެ. ސަބަބަކީ އޭގެ ސަބަބުން (ދެތަނބު ދޭތެރޭ ޞަފުހެދުމުން) ޞަފުތައް ކެނޑިގެން ދެއެވެ".

ނަމަވެސް މިސްކިތުގައި މީހުން ގިނަވެ، އެނޫން ގޮތެއް ނެތިއްޖެނަމަ ދެތަނބު ދޭތެރޭ ޞަފު ހެދުމަކީ މަކްރޫހަ ކަމެއް ނޫނެވެ.

ސަޢޫދީގެ ފަތުވާ ކޮމިޓީ އިން ނެރެފައިވާ ބަޔާނެއްގައިވެއެވެ.

"ޞަފު މެދު ކެނޑޭ ގޮތަށް ދެތަނބު ދޭތެރޭ ޞަފު ހެދުމަކީ މަކްރޫހަ ކަމެކެވެ. ނަމަވެސް ނަމާދު ކުރާ މީހުން ގިނަވެ މިސްކިތުގެ ޖާގަ ދަތިވެއްޖެ ހިނދެއްގައި ދެތަނބު ދޭތެރޭ ޞަފު ހެދުމަކީ ހުއްދަ ކަމެކެވެ". (ފަތާވާ އައްލަޖްނަތުއް ދާއިމަ 5/295).

ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

"މިސްކިތުގެ ޖާގަ ދަތިވެ، ނަމާދު ކުރާ މީހުން ގިނަވެއްޖެ ނަމަ ދެތަނބު ދޭތެރޭ ޞަފު ހެދުމަކީ ހުއްދަ ކަމެއް ކަމަށް މުޅި އުއްމަތް އިޖްމާޢުވެއެވެ. ނަމަވެސް މިސްކިތުގައި ޖާގަ އޮތް ނަމަ ދެތަނބު ދޭތެރޭ ޞަފު ހެދުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ. ރަގަޅު ގޮތަކީ އެއީ (ދެތަނބު ދޭތެރޭ ޞަފު ހެދުމަކީ) މަނާ ކުރައްވާފައިވާ ކަމެއް ކަމެވެ. ސަބަބަކީ އޭގެ ސަބަބުން ޞަފުތައް މެދު ކެނޑިގެން ދާތީވެއެވެ. ޚައްޞަ ގޮތެއްގައި މިސްކިތުގައި ޖާގަ އޮތްނަމައެވެ".
ދެވަނަ ޞަފު ހެދުމުގައި ދެތަނބު ދޭތެރޭ ހަދަން ޖެހޭތީވެ އެޞަފު ދޫކޮށްލުން އެއީ އެންމެ ރަގަޅު ގޮތެވެ. ކިތަންމެ ބޮޑު ޖާގަ އެއް އެދެމެދުން އުފެދުނު ނަމަވެސް އެވެ . ނަމަވެސް، މިސްކިތް ފުރި ފަހުން އަންނަ މީހުންނަށް އުނދަގޫ ވެދާނެ ކަމަށް ހީވާނަމަ ދެތަނބު ދޭތެރޭގައިވެސް ޞަފު ހެދިދާނެއެވެ. އަދި ކިއެއްތަ، ހަދަންވެސް ޖެހޭނެއެވެ. والله أعلم

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!