Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގަމުން މިރޭ ފައްސިވި މީހާއަށް ކޮވިޑް ފެސިލިޓީގައި ފަރުވާދެނީ!

ގަމުން މިރޭ ފައްސިވި މީހާއަށް ކޮވިޑް ފެސިލިޓީގައި ފަރުވާދެނީ!

ލ.ގަމުން މިރޭ ކޮވިޑް-19އަށް ފައްސިވި މީހާގެ ހާލު ދެރަވެ ގަމު ރީޖަނަލް ހޮސްޕިޓަލްގެ ކޮވިޑް ފެސިލިޓީގައި ފަރުވާދޭން ފަށައިފިއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަލީ ނަޝީދު "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭ ގަމުން ފައްސިވި އަންހެން މީހާގެ ހާލު ދެރަވެ، އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީއަށް ގެންދެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 55 މީހަކު ވަނީ ފައްސިވެފައެވެ.

Advertisement
Allied — Dhen Online (box)

މާންދޫން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާއެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލައިފައެވެ. އޭގެ ފަހުން ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަން ފޮނަދޫ ވެސް މޮނިޓަރިންއަށް ލައިފައިވެއެވެ.

ގަމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޑޮކްޓަރަށް ދައްކަން ގިނަ އަދަދެއްގެ މީހުން އަންނަ ރަށަކަށް ވުމާއެކު ރަށް މޮނިޓަރިންނަށް ލުމުން ގިނަ ބަޔަކު ރަށު ބަންދުވެފައި އެބަ ތިއްބެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް