Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާންދޫ ކްލަސްޓާ: އިތުރު 69 މީހަކު ފައްސިވެ ޖުމްލަ އަދަދު 217 އަށް!

މާންދޫ ކްލަސްޓާ: އިތުރު 69 މީހަކު ފައްސިވެ ޖުމްލަ އަދަދު 217 އަށް!

މާންދޫ ކްލަސްޓާއާއި ގުޅިގެން އިތުރު 69 މީހަކު ފައްސިވެ އެ ކްލަސްޓާއާއި ގުޅިގެން ފައްސިވި މީހުންގެ ޖުމްލަ އަދަދު 217 އަށް އަރައިފިއެވެ.

"ދެން" އަށް މަޢުލޫމާތު ދެއްވަމުން ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގެ މޭނޭޖަރ އަލީ ނަޝިދު ވިދާޅުވީ މި ކްލާސްޓާއާ ގުޅިގެން މިހާތަނަށް 1000 މީހެއްގެ ސާމްޕަލް ނަގައިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 558 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު މިހާތަނަށް ޖުމްލަ 217 މީހަކު ފައްސިވެފައިވާ ކަމަށެވެ.

މާންދޫ ކްލަސްޓާއާ ގުޅިގެން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ޖުމްލަ 69 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި މިއަދު ލިބުނު ނަތީޖާތަކުގެ ތެރެއިން 108 މީހަކު ވަނީ ނައްސިވެފައެވެ. އެއާއެކު ނައްސިވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 341 އަށް އަރާފައެވެ. މި ކްލަސްޓާއާއި ގުޅިގެން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 206 މީހެއްގެ ސާމްޕަލް ވަނީ ނާގަފައެވެ.

Advertisement
Allied Insurance — Square (box)

މާންދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް މާންދޫއިން ޖުމްލަ 197 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މާންދުއާ ޖެހިގެން އޮންނަ ގަމުން މިހާތަނަށް ޖުމްލަ 16 މީހަކު ފައްސިވެފައިވާ އިރު، ފޮނަދޫއިން 2 މީހުން އަދި ދަނބިދޫއިން 2 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މާންދޫން ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ފެނިފައި ވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެއާއެކު މާންދޫ ވަނީ މޮނިޓަރިންގއަށް ލައިފައެވެ. އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ގަމުން މި ކްލަސްޓަރއާ ގުޅުން ހުރި ކޭސްއެއް ފެނި، ގަމާއި ފޮނަދޫ ވެސް ވަނީ މޮނިޓަރިންގއަށް ލާފައެވެ. އޭގެ ފަހުން މިމަހުގެ 28 ވަނަ ދުވަހު ދަނބިދޫ އިންވެސް މި ކްލަސްޓާއާއި ގުޅުންހުރި ބަޔަކު ފައްސިވެ، އެ ރަށްވެސް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.

ގަމަކީ ރާއްޖޭގެ އެކި ހިސާބުތަކުން ޑޮކްޓަރަށް ދައްކަން ގިނަ އަދަދެއްގެ މީހުން އަންނަ ރަށަކަށް ވުމާއެކު ރަށް މޮނިޓަރިންނަށް ލުމުން ގިނަ ބަޔަކު ރަށު ބަންދުވެފައި އެބަ ތިއްބެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް