ޚަބަރު

ރަސްދޫން ފްލޫ ކްލިނިކަށް ދެއްކި ގިނަ ބަޔަކު ކޮވިޑް-19އަށް ފައްސިވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އއ ރަސްދޫގެ ފްލޫ ކްލިނިކަށް ދެއްކި ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

Ads by MWSC

"ދެން" އަށް މައުލޫމާތު ދެއްވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ ވިދާޅުވީ، އަލާމާތްތައް ފެނުމުގެ ސަބަބުން އެރަށުގެ ފްލޫ ކްލިނިކަކަށް ދެއްކި ފަސް މީހަކު މިހާތަނަށް ފައްސިވެފައި ވާ ކަމަަށެވެ. އަދި އެމީހުންގެ ނަތީޖާ މިއަދު ލިބިފައިވާއިރު މިހާރު މުޅިރަށް މޮނިޓަރިންގެ ހާލަތަށް ބަދަލު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްސިވެފައި ވަނީ އެއް އާއިލާާއެއްގެ ފަސް މީހުން ކަމަށާއި، އޭފެ ތެރޭގައި ދެެ އަންހެނުންނާއި ދެ ފިރިހެނުންގެ އިތުރުން ކުޑަކުއްޖެއް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރެވެމުން އަންނައިރު، އެންމެ ބިރުގަންނަ ކަމަކީ މި ފަސް މީހުންނަކީ ވެސް އެހެން ރަށަކަށް ނުގޮސް ރަށު ތެރެއިން ބަލި ޖެހިފައިވާ ބަޔަކަށް ވުން ކަމަށް ވެސް އަބްދުލްޖަލީލް މޫސާ ފާހަގަ ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!