Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިމަންދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ފައްސިވެ ރަށް މޮނިޓަރިންގަށް ލައިފި

ހިމަންދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ފައްސިވެ ރަށް މޮނިޓަރިންގަށް ލައިފި

އއ. ހިމަންދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވުމުން، އެ ރަށް މޮނީޓަރިންގަށް ލައިފިއެވެ.

"ދެން" އަށް މައުލޫމާތު ދެއްވަމުން ހިމަންދޫ ސިއްޙީ މަރުކަޒުގެ އެސިސްޓަންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ ރާމިޒް ޙުސެއިން ވިދާޅުވީ އަ ރަށުން މިއަދު ފައްސި ވެފައި ވަނީ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށެވެ.

އެ މީހާ މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިވަގުތު ކުރަމުންދާ ކަމަށް ވެސް ރާމިޒް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑަށް ފައްސިވެފައިވާ އަދަދު ގިނައީ އަތޮޅުތެރެގައެވެ. އެގޮތުން އިއްޔެ ވެސް އަތޮޅުތެރެއިން 179 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.

މިވަގުތު ރާއްޖޭގެ 25 ރަށެއް ވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން މޮނީޓަރިންގަށްލާފައެވެ.

ކޮވިޑް-19 އަށް ފައްސިވީ އަދަދުތައް މިދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް އިތުރު 402 މީހަކު ބައްޔަށް ފައްސި ވެފައިވާއިރު، މިހާރު ރާއްޖެއިން ޖުމްލަ 30،237 މީހުން ވަނީ ފައްސި ވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް