Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޫސްވެރީން ހާމަކުރާ މަޢުލޫމާތަކީ މުޖުތަމަޢު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް: ޔުމްނާ

ނޫސްވެރީން ހާމަކުރާ މަޢުލޫމާތަކީ މުޖުތަމަޢު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް: ޔުމްނާ

ނޫސްވެރީން ހާމަކުރާ މަޢުލޫމާތަކީ މުޖުތަމަޢު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޔުމްނާ ވަނީ ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށް އަރިސްކޮށްފައެވެ. އަދި އެ ކަމަނާ ވަނީ ޒިންމާދާރުކަމާ އެކު ނޫސްވެރިކަން ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/yumna_maumoon/status/1389093587187486721?s=21

މިއަދު ފާހަގަކުރަމުން އަންނަ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރަމުންނެވެ.

ދުވަހާއި ގުޅުވައިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާ އެކީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާކަމަށް ހެދުން މުހިންމު ކަމަށެވެ.

ފާއިތުވެގެން މިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ދަނީ ބޮޑެތި ކުރިއެރުންތައް ހޯދަމުންނެވެ. މިގޮތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަށް ޖެހިފައެވެ. 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް