ޒަހާ މިނިސްޓަރުކަމުން ވަކިކުރީއެއް ނޫން، އިސްތިއުފާ ދެއްވީ: ރައީސް އޮފީސް

ފިޝަރީޒް މިނިސްޓަރުގެ މަގާމްގައި ހުންނެވި ޒަހާ ވަހީދު އެ މަގާމުން ވަކިކުރެއްވީ ނޫން ކަމަށާއި އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޒަހާ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ޒަހާ ވަނީ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުވައިފައި ކަމަށެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަގާމުގައި ހުންނަވައިގެން ޒަހާ ވަހީދު ކޮށްދެއްވި އިހުލާސްތެރި ހިދުމަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޒަހާ މިހަދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެންވަޔަމަންޓް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ.ހުސެއިން ރަޝީދު ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކެބިނެޓަށް މިއަދު ގެނެވުނު ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެލައްވާފައިވާ ވައުދުތައް ފުއްދުމަށާއި ސަރުކާރުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ގެނެވުނު ބަދަލުތަކެއް ކަމަށެވެ.